ޗައިނާގައި ދުވާލެއްގެ މައްޗައް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރިކޯޑު އަދަދަކައް މައްޗައް ގޮސްފި އެވެ.
ލޮކްޑައުންތަކާއި މާސް ޓެސްޓިން އަދި ދަތުރުފަތުރަށް ހުރަސްއަޅައި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، ޗައިނާގައި ބުދަ ދުވަހު 31،454 ޑޮމެސްޓިކް ކޭސް — އަދި 27،517 މީހުންގެ އަލާމާތްތައް ނެތް ކޭސްތައް — ރެކޯޑްކޮށްފައިވާ ކަމަށް ނޭޝަނަލް ހެލްތު ބިއުރޯއިން ބުނެފި އެވެ.
ޗައިނާގެ ބޮޑު އާބާދީ 1.4 ބިލިއަނާ އަޅާބަލާއިރު މި އަދަދުތައް ނިސްބަތުން ކުޑައެވެ.
އެކަމަކު ބެއިޖިންގެ ހަރުކަށި ޒީރޯ ކޯވިޑް ސިޔާސަތުގެ ދަށުން ކުދިކުދި ކޭސްތައް ފެނުނު ނަމަވެސް ވެސް މުޅި ސިޓީތައް ބަންދުކޮށް، ބަލިޖެހިފައިވާ ބަލިމީހުންގެ ކޮންޓެކްޓްތައް ހަރުކަށި ކަރަންޓީނަކަށް ގެންދެ އެވެ.
ކޮވިޑު-19ގެ ތިންވަނަ އަހަރާ ގާތްވެފައިވާއިރު، ފަސްނުޖެހޭ ސިޔާސަތުގެ ސަބަބުން އާބާދީގެ ގިނަ ބައެއްގެ މެދުގައި ވަރުބަލިކަމާއި ނުރުހުން އުފެދި، ދޭތެރެ ދޭތެރެއިން މުޒާހަރާތައް އުފެދި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ އުފެއްދުންތެރިކަމަށް ވަނީ އަސަރުކޮށްފަ އެވެ.