ވޯލްޑް ލީޑިން ޓޫރިޒަމް ޑެސްޓިނޭޝަން އެވޯޑު ވިދިދިގެން 3 އަހަރު ރާއްޖެއަށް ލިބުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މިންނެތްމަސައްކަތުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އިތުރުގަޑިއަށް ވާ ފައިސާ ނުލިބުނު ނަމަވެސް އިތުރު ގޮތެއް ނެތް އެ މުވައްޒަފުންނަކީ، ގާނޫނުގައިބަޔާންކުރާ ވަގުތަށްވުރެ މާ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ބައެކެވެ. މިކަން ދެކޭނެ ބަޔަކު ނެތުމަކީ އެ މުވައްޒަފުންގެ ބޮޑު ޝަކުވާއެކެވެ.
ސާވިސްޗާޖު، ގާނޫނުގައި ބަޔާންކުރާ މިންވަރަށް ނުދޭކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ސާވިސްޗާޖުގެ ތަފާސްހިސާބު ފެންނާނެހެން ބެހެއްޓުމަކީހަމައެކަނި ގަވައިދެއްގައި ލިޔެފައިވާ ފޮޅުވަތަކަށް ވަނީ ވެފައެވެ. އަނބިދަރިންނާ ދުރުގައި، ލިބޭ އާމްދަނީ އާ ނުބައްދަލު މަސައްކަތް ކުރަމުންދަނީހިތްދަތިކަމުގައެވެ. ދިރިއުޅުން މަތިން ފޫހިވެ ޅަ ޒުވާނުން ރިސޯޓުތަކުގައި ތިބީ ނަފްސާނީ ބަލިމީހުންނަށް ވެފައެވެ.
ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ކާލާނެ ރަނގަޅު އެއްޗެއް ލިބެނީ މަދު ރިޒޯޓެއްގައި ކަން ފާހަގަ ކުރެވެއެވެ. މީ އިންސާނީ ކަރާމަތަށް އަރައިގަތުން ނޫންވަކި ކޮން ކަމެއްތޯއެވެ. މަތީ މަގާމްތަކުގައި އުޅޭ މުވައްޒަފުން ފަރާތުން ނިކަމެތި މުވައްޒަފުންނަށް ކުރާ ޖިންސީ ފުރައްސާރަ އާއި ބުލީ ކުރުމުގެ ވާހަކަތަކަކީދެއްކުމަށްވުރެ ނުދެއްކުން ހިތައްފަސޭހަ ވާހަކަތަކަކަށް ވަނީ ވެފައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެޅޭނެ ފިޔަވަޅެއް އޮންނަނީކީ އެއް ނޫނެވެ. “ރިޒޯޓުގަ އުޅެންޏާ ތިކަހަލަ ކަންކަން ވެސް ވާނެ” މިއީ އަނގަމަތީ ބަހެކެވެ. ނަމަވެސް މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޖިންސީ ފުރައްސާރަ ކުރިމަތި ވަނީވަކި ޖިންސެއްގެ މުވައްޒަފުން ތަކަކަށް ނޫނެވެ.
ޑޮލަރުކޮޅަކަށް އިންސާނީ ކަރާމާތް ވިއްކާލަ ވިއްކާލަ އެކުދިން ތިބެންވީ ކިހާ ދުވަހަކުތޯއެވެ. ކޮންމެ ސަރުކާރެއް އޮތަސް، ސަރުކާރު އޮންނަނީ މަހުޖަނުންގެއަޅަކަށްވެފައެވެ. ފަންޑު ނުލިބިދާނެތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މީ ވިސްނާލަން ޖެހޭ ވަރަށްވެސް މުހިންމު ކަންކަމެވެ.
ތީ ހަމަ ދޮޖުވާހަކައެއް ނޫން! އެކަމަކު މިކަހަލަ ކަންކަމާ އަޅާލާނެ ހަމަ އެކަކުވެސް ނެތް!
ވޯޓު ލާންވީމަ ފެންނާނެ ރިސޯޓު ކުދިން ??