މަދުން ނޫނީ ވާރުތަވާ ލޮލުގެ ބައްޔެއް ހުންނަ ދެ މީހެއްގެ ރޭގަނޑުގެ ފެނުން ތަޖުރިބާ، ޖީން ތެރަޕީއަކުން ރަނގަޅުވެފައިވާ ކަމަށް ދިރާސާވެރިން ބުނެފި އެވެ.
މި ދެ ފަރާތަކީ އާ ޖީން ތެރަޕީގެ ސަލާމަތާއި ފައިދާ ޓެސްޓް ކުރުމަށް ކުރިއަށްދާ ކްލިނިކަލް ޓްރައިއަލްގެ ބައެއް ކަމަށް ރިސާޗް ޓީމުން އޮކްޓޯބަރު މަހު އައިސައިންސް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައި ލިޔެފައިވެ އެވެ.
މި ތެރަޕީ ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް ފާސްކުރުމުގެ ކުރިން މިކަމާއި އިތުރު ޓްރައިލްތައް ނިންމަން ޖެހޭނެ ކަމަށާއި ނަމަވެސް މި ޑޭޓާތަކުން ދޭހަވަނީ މި ފަރުވާގެ ސަބަބުން ބަލިމީހުންގެ ރޭގަނޑުގެ ފެނުމުގައި “ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް” ލިބިދާނެ ކަމަށް ސައިންސްވެރިން ލިޔެފައިވެ އެވެ.
މި ޓްރައިއަލްގެ ބައިވެރިންނަށް ޖެނެޓިކް ޑިސްއޯޑަރެއް ކަމަށްވާ ލެބަރ ކޮންޖެނިޓަލް އެމައުރޯސިސް (އެލްސީއޭ) ޖެހިފައިވާއިރު، މިއީ ގާތްގަނޑަކަށް 100،000 ތުއްތު ކުދިންގެ ތެރެއިން 3 ކުދިންނަށް ޖެހޭ ބައްޔެއް ކަމަށް މި ތެރަޕީ ތަރައްގީކުރުމުގައި ބައިވެރިވާ އެއް އިންސްޓިޓިއުޓް ޔުނިވާސިޓީ އޮފް ފްލޮރިޑާ ހެލްތުން ބުނެއެވެ.
އެކަމަކު އަނެއްކާވެސް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެ ތެރަޕީ އެޕްރޫވަލް ހޯދުމަށް އެސެސް ކުރުމުގެ ކުރިން އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.