ވޯލްޑް ކަޕް މެޗުތަކުގައި ހޯމޯފޯބިކް ޗެންޓިންގް ޖަހާފައިވާ ކަމަށް ބުނެ މެކްސިކޯ އާއި އިކުއެޑޯއާ ދެކޮޅަށް ފީފާއިން ޑިސިޕްލިނަރީ ޝަރީއަތް ހުޅުވާލައިފި އެވެ.
އަންގާރަ ދުވަހު ޕޮލެންޑާ ދެކޮޅަށް މެކްސިކޯ 0-0 އިން އެއްވަރުވިއިރު، މުބާރާތުގެ ފުރަތަމަ ދުވަހު އިކުއެޑޯ ވަނީ މުބާރާތް ބާއްވާ ގަތަރުގެ މައްޗަށް 2-0 އިން މޮޅުވެފައެވެ.
ފުރަތަމަ މެޗުގައި އިކުއެޑޯގެ ބައެއް ސަޕޯޓަރުން ޗިލީގެ ރައްޔިތުންނާ ދެކޮޅަށް ހޯމޯފޯބިކް ޗެންޓެއް ކިޔާ އަޑު އިވިފައިވެ އެވެ. އިކުއެޑޯއަށް މުބާރާތުން ވަކިކުރުމުގެ ފުރުސަތު ކުރިމަތިވީ ކޮލިފައިންގައި ޝަރުތު ހަމަނުވާ ކުޅުންތެރިއަކު ނެރުނު ކަމުގެ ޝަކުވާ ޗިލީން ކުރުމުންނެވެ.
މީގެ އިތުރުން މެކްސިކޯއަށް ތަހުގީގު ކުރަމުންދަނީ އެގައުމުގެ ގައުމީ ފެޑެރޭޝަނުން ގިނަ ދުވަސްތަކެއް ވަންދެން ފިއްތުންތައް ކުރިމަތިކުރަން މަސައްކަތްކުރި ރުޅިވެރި ލަވައެއް އެގައުމުގެ ސަޕޯޓަރުން ކިޔައިދިނުމުންނެވެ.
މެކްސިކޯގެ ސަޕޯޓަރުން ގިނަ ފަހަރަށް މެޗުތަކުގެ ތެރޭގައި ކީޕަރުންގެ ގާތަށް ފިރިހެން ހަށިވިއްކާ އަންހެނަކަށް ކިޔާ ސްލޭންގް ލަފުޒެއް (“ޕުޓޯ”) ޖަހާފައިވާއިރު، އެކްޓިވިސްޓުން ބުނާ ގޮތުގައި އެއީ ފުރައްސާރަ އާއި ތަފާތު ކުރުމެކެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ކެމްޕޭނުގައި މެކްސިކޯގެ ފުޓްބޯޅަ ފެޑެރޭޝަނަށް ބާރަ ދަތިކުރުމުގެ ފިޔަވަޅުތަކެއް – ދެ އިންޒާރާއި ދިހަ ޖޫރިމަނާ – ލިބިފައިވާއިރު، އޭގެ ފަހުން މިކަން ވަނީ މި އަހަރުގެ ކުރީކޮޅު ދެ ފަހަރެއްގެ މަތިން ހޯމް މެޗުތައް ބަންދު ދޮރުތަކެއްގައި ކުޅެން ބަދަލުވެފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބެލުންތެރިން ނެތި މެޗެއް ކުޅުން ނުވަތަ ވަކި ދަނޑެއްގައި ކުޅުން މަނާކުރުން ހިމެނެ އެވެ.
ގަތަރުގައި ބާއްވާ މުބާރާތް ބިލްޑްއަޕް ކުރުމުގައި އެލްޖީބީޓީކިޔޫ+(އެއްޖިންސުން ގުޅުން ހިންގާ ކޮމިޔުނިޓީ) ގެ އިތުރުން ގަތަރުގައި އިންސާނީ ހައްގުތަކުގެ ފުޅާ ދާއިރާއެއްގައި ކަންބޮޑުވުންތަކެއް އުފެދިފައިވެ އެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އެގައުމުގެ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފު ކަމެކެވެ.